Maldives Girl Guides Association
Maldives
މި އެސޯސިއޭޝަންގެ ފުރާޅު މަރާމާތް ކުރުން

 

                                                                                          

 

ނަންބަރު: MGGA/GTL/2017/165

 

 

މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ފުރާޅު މަރާމާތު ކުރުން

 

މި އެސޯސިއޭޝަންގެ ފުރާޅު އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން  16 އޭޕްރިލް 2017 ވާ އާދީއްތަ ދުވަހު11:00 އަށް މިއެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20  އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހު 13:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.އަދި މި ފޮތްތައް ޗާޕްކުރުމަށް އެންމެ ފަރާތަކުން ބިޑުހުށަހެޅުނު ނަމަވެސް، އެ ބިޑެއް އިވެލުއޭޓްކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރާ ގުޅުއްވުން، ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

 

މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަން

ހ. ކްރެސެންޓް މޫން

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3317932

ފެކްސް: 3312701

އީމެއިލް: [email protected]

 

 

13 އެޕްރިލް 2016 މ

 

13 April 2017
ހޯދާ