Maldives
ނަންބަރު: MGGA/GTL/2017/165
މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ފުރާޅު މަރާމާތު ކުރުން
މި އެސޯސިއޭޝަންގެ ފުރާޅު އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 16 އޭޕްރިލް 2017 ވާ އާދީއްތަ ދުވަހު11:00 އަށް މިއެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހު 13:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.އަދި މި ފޮތްތައް ޗާޕްކުރުމަށް އެންމެ ފަރާތަކުން ބިޑުހުށަހެޅުނު ނަމަވެސް، އެ ބިޑެއް އިވެލުއޭޓްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރާ ގުޅުއްވުން، ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަން
ހ. ކްރެސެންޓް މޫން
މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3317932
ފެކްސް: 3312701
އީމެއިލް: [email protected]
13 އެޕްރިލް 2016 މ