ދިވެހިރާއްޖެ
ނަންބަރ: HZN/IULAAN/2017/05
ވަޒީފާގެ ފުރުޞަތު
މަޤާމު: ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަނާއި ރޭންކް: ސީނިއަރ އޮފިސަރ ލެވަލް 3 (MM3)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ މަސްޢޫލިއްޔަތުތައް:
- ކުންފުނީގެ ޚިދުމަތްތަކާއި، އުފެއްދުންތަކާ ގުޅޭ މާކެޓް ރިސަރޗް ހެދުން.
- ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން ކުންފުނީގެ ޚިދުމަތްތަކާއި އުފެއްދުންތައް ކުރިއެރުވުމުގެ އެންމެހާ މަސައްކަތެއް ކުރުން.
- ކުންފުނީގެ ތަޞައްވުރު ރަނގަޅުގޮތުގައި ހިފެހެއްޓުމަށް ބޭނުންވާނެ ޕްލޭންތަކާއި ޕޮލިސީތައް ތައްޔާރުކޮށް ތަންފީޒުކުރުން.
- މާލީ އަދި ޚާއްޞަކޮށް އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ހުރި އައު ފުރުޞަތުތައް ދެނެގަތުމާއި، މާކެޓް ޓްރެންޑްތައް ބަލައި މާކެޓުގައި ކުންފުނި ކުރިއެވުމުމަށް ބޭނުންވާ މަސައްކަތްތައް ކުރުން.
- ކުންފުނީގެ ޚިދުމަތްތަކާއި އުފެއްދުންތައް މާކެޓައް ތަޢާރުފްކޮށް ހިންގުމުގައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް ކުރުން.
ތަޢުލީމީ ފެންވަރު
- ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ ނުވަތަ ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
- ގުޅުންހުރި ދާއިރާ އަކުން، 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދާފައިވުން.
- މާލީ އިދާރާއެއްގެ ބިޒްނަސް ޑިވެލޮޕްމަންޓްގެ މަސައްކަތުގެ ތަޖްރިބާ ހޯދާފައިވާ ފަރާތްތަކަށާ، އަދި އިސްލާމިކް ފައިނޭންސް ދާއިރާއިން ތަޢުލީމް ހާޞިލްކޮށްފައިވާ ނުވަތަ ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ކޮންޕަންސޭޝަން/ މުސާރާއާއި ޢިނާޔަތްތައް.
މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ކުންފުނީގެ އެޗް.އާރް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތް އެއްބަސްވެވޭ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ.
ވަޒީފާއަށް ހޮވުމުގައި ބަލާނެ އެހެނިހެން ކަންތައްތައް
- އިންޓަރޕަރސަނަލް ސްކިލްސް ހުރިމީހެއްކަމުގައި ވުން.
- މައިކްރޯސްފްޓް އޮފީސް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައި ވުން.
- މަލްޓި ޓާސްކް ކުރުމުގެ ޤާބިލުކަންހުރި ފަރާތެއްކަމުގައި ވުން.
- ހައި ޕްރެޝަރ އެންވަޔަރަމަންޓެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން.
- ރިސަރޗް މަސައްކަތްތަކަށް ފަރިތަ ފަރާތެއް ކަމުގައިވުން.
- ކަނޑައެޅިފައިވާ ވަގުތުތަކަށް، މަސައްކަތްނިންމައި، ލަނޑުދަނޑިތައް ޙާޞިލްކުރާ ފަރާތެއްކަމުގައި ވުން.
- އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ޢިލްމު ހުރި ފަރާތެއް ކަމުގައިވުން.
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 16 މާރިޗު 2017 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސީ.ވީ އާއި އެޓެސްޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ، [email protected] އަށް އީމެއިލް ނުވަތަ، ތިރީގައި ވާ އެޑްރެސް އަށް ފޮނުވައިދެއްވުން އެދެމެވެ.
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް،
ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ،
އަމީރު އަޙުމަދު މަގު،
މާލެ، ދިވެހިރާއްޖެ
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި، މި ކުންފުނީގެ ނަންބަރު 2000 301 އަށް ގުޅުއްވުނެ އެދެމެވެ.