ވަޒީފާގެ ފުރުޞަތު
ނަންބަރު: HZN/IULAAN/2017/05
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 16 މާރިޗު 2017 14:00
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ނަންބަރ: HZN/IULAAN/2017/05

  ވަޒީފާގެ ފުރުޞަތު

މަޤާމު: ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަނާއި ރޭންކް: ސީނިއަރ އޮފިސަރ ލެވަލް 3 (MM3)

މަޤާމުގެ ގިންތި: ދާއިމީ

 މަޤާމުގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނީގެ ޚިދުމަތްތަކާއި، އުފެއްދުންތަކާ ގުޅޭ މާކެޓް ރިސަރޗް ހެދުން.
  • ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން ކުންފުނީގެ ޚިދުމަތްތަކާއި އުފެއްދުންތައް ކުރިއެރުވުމުގެ އެންމެހާ މަސައްކަތެއް ކުރުން.
  • ކުންފުނީގެ ތަޞައްވުރު ރަނގަޅުގޮތުގައި ހިފެހެއްޓުމަށް ބޭނުންވާނެ ޕްލޭންތަކާއި ޕޮލިސީތައް ތައްޔާރުކޮށް ތަންފީޒުކުރުން.
  • މާލީ އަދި ޚާއްޞަކޮށް އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ހުރި އައު ފުރުޞަތުތައް ދެނެގަތުމާއި، މާކެޓް ޓްރެންޑްތައް ބަލައި މާކެޓުގައި ކުންފުނި ކުރިއެވުމުމަށް ބޭނުންވާ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ ޚިދުމަތްތަކާއި އުފެއްދުންތައް މާކެޓައް ތަޢާރުފްކޮށް ހިންގުމުގައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް ކުރުން.

 ތަޢުލީމީ ފެންވަރު

  • ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ ނުވަތަ ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  • ގުޅުންހުރި ދާއިރާ އަކުން، 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދާފައިވުން.
  • މާލީ އިދާރާއެއްގެ ބިޒްނަސް ޑިވެލޮޕްމަންޓްގެ މަސައްކަތުގެ ތަޖްރިބާ ހޯދާފައިވާ ފަރާތްތަކަށާ، އަދި އިސްލާމިކް ފައިނޭންސް ދާއިރާއިން ތަޢުލީމް ހާޞިލްކޮށްފައިވާ ނުވަތަ ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކޮންޕަންސޭޝަން/ މުސާރާއާއި ޢިނާޔަތްތައް.

މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ކުންފުނީގެ އެޗް.އާރް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތް އެއްބަސްވެވޭ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި ބަލާނެ އެހެނިހެން ކަންތައްތައް

  • އިންޓަރޕަރސަނަލް ސްކިލްސް ހުރިމީހެއްކަމުގައި ވުން.
  • މައިކްރޯސްފްޓް އޮފީސް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައި ވުން.
  • މަލްޓި ޓާސްކް ކުރުމުގެ ޤާބިލުކަންހުރި ފަރާތެއްކަމުގައި ވުން.
  • ހައި ޕްރެޝަރ އެންވަޔަރަމަންޓެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން.
  • ރިސަރޗް މަސައްކަތްތަކަށް ފަރިތަ ފަރާތެއް ކަމުގައިވުން.  
  • ކަނޑައެޅިފައިވާ ވަގުތުތަކަށް، މަސައްކަތްނިންމައި، ލަނޑުދަނޑިތައް ޙާޞިލްކުރާ ފަރާތެއްކަމުގައި ވުން.
  • އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ޢިލްމު ހުރި ފަރާތެއް ކަމުގައިވުން.

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 16 މާރިޗު 2017 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސީ.ވީ އާއި އެޓެސްޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ، [email protected] އަށް އީމެއިލް ނުވަތަ، ތިރީގައި ވާ އެޑްރެސް އަށް ފޮނުވައިދެއްވުން އެދެމެވެ.

ޚަޒާނާ މޯލްޑިވްސް ލިމިޓެޑް،

ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ،

އަމީރު އަޙުމަދު މަގު،

މާލެ، ދިވެހިރާއްޖެ

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި، މި ކުންފުނީގެ ނަންބަރު 2000 301 އަށް ގުޅުއްވުނެ އެދެމެވެ. 

07 މާރިޗު 2017