ދިވެހިރާއްޖެ
މިއޮތޯރިޓީން ފާރމަސީ އެސިސްޓެންޓުން އަދި ފާރމަސިސްޓުންނަށް ދޫކުރާ ކާޑަށް އެދިވަޑައިގަންނަވާއިރު، " ފާރމަސީ އެސިސްޓެންޓު / ފާރމަސިސްޓް އައީޑީ ކާރޑް އެޕްލިކޭޝަން ފޯރމް " ހުށަހަޅާގޮތަށް ވަނީ ހަމަޖެހިފައެވެ. މިފޯރމް މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓް www.health.gov.mv ގެ ފޯރމްސްގެ ދަށުގައި ވަނީ ޝާއިޢު ކުރެވިފައެވެ. އަދި މިފޯރމް މިނިސްޓްރީ އޮފް ހެލްތްގެ ކައުންޓަރުންވެސް ލިބިވަޑައި ގަންނަވާނެއެވެ.
ވީމާ، 21 އެޕްރީލް 2013 އިން ފެށިގެން " ފާރމަސީ އެސިސްޓެންޓު / ފާރމަސިސްޓް އައީޑީ ކާރޑް އެޕްލިކޭޝަން ފޯރމް " ހުށަހެޅުއްވުމަށާއި އަދި މިތާރީޚުގެ ފަހުން މިޚިދުމަތް ލިބިވަޑައިގަންނަވާނީ މިފޯރމާއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހެޅުއްވުމުންކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނީ މިއޮތޯރިޓީގެ 3014322 ނަންބަރުންނެވެ.