ޢާންމު މަޢުލޫމާތު
ނަންބަރު: 7182-MTG/2013/
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 18:44
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ފާރމަސިސްޓް އައި.ޑީ.

މިއޮތޯރިޓީން ފާރމަސީ އެސިސްޓެންޓުން އަދި ފާރމަސިސްޓުންނަށް ދޫކުރާ ކާޑަށް އެދިވަޑައިގަންނަވާއިރު،  " ފާރމަސީ އެސިސްޓެންޓު / ފާރމަސިސްޓް އައީޑީ ކާރޑް އެޕްލިކޭޝަން ފޯރމް "  ހުށަހަޅާގޮތަށް ވަނީ ހަމަޖެހިފައެވެ. މިފޯރމް މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓް www.health.gov.mv ގެ ފޯރމްސްގެ ދަށުގައި ވަނީ ޝާއިޢު ކުރެވިފައެވެ. އަދި މިފޯރމް މިނިސްޓްރީ އޮފް ހެލްތްގެ ކައުންޓަރުންވެސް ލިބިވަޑައި ގަންނަވާނެއެވެ.

 

ވީމާ، 21 އެޕްރީލް 2013 އިން ފެށިގެން " ފާރމަސީ އެސިސްޓެންޓު / ފާރމަސިސްޓް އައީޑީ ކާރޑް އެޕްލިކޭޝަން ފޯރމް " ހުށަހެޅުއްވުމަށާއި އަދި މިތާރީޚުގެ ފަހުން މިޚިދުމަތް ލިބިވަޑައިގަންނަވާނީ މިފޯރމާއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހެޅުއްވުމުންކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނީ މިއޮތޯރިޓީގެ 3014322 ނަންބަރުންނެވެ. 

02 އޭޕްރިލް 2013