ދިވެހިރާއްޖެ
އިޢުލާން
މިސްކޫލްގެ އިރުމަތީ ފަރާތު ވަށާފާރާއި އިންކޮށް އައުޓްޑޯ ނޯޓިސް ބޯޑެއް ބަހައްޓަން ބޭނުންވެއްޖެއެވެ.
ވީމާ، މިސްކޫލުން ހުށަހަޅާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މާރޗް 2017ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30ށް މިސްކޫލަށް ޙާޞިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 މާރޗް 2017ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:30ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބަށް މާރކްސް ދެވޭނެ މިންގަނޑުތައް:
ދާއިރާ |
މާރކްސް ދެވޭނެގޮތް |
ތަފްޞީލް |
ފޮރމިއުލަރ |
އަގު |
%80 |
ޚިދުމަތުގެ އަގަށް ދެވޭ މާރކްސް: މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާރކްސް ލިބޭނީ އެންމެ ކުޑައަގަށެވެ. |
(Benchmark Price/Submitted Price)x Allocate Percentage |
މުއްދަތު |
10% |
މުއްދަތަށްދެވޭ މާރކްސް: މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުރު މުއްދަތަކީ ބެންޗު މާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންންނެވެ. އެގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ. |
(Benchmark days/Submitted number of day)x Allocate percentage |
ތަޖުރިބާ |
10% |
ތަޖުރިބާއަށް ދެވޭ މާރކްސް: މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށައަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަޖުރިބާ ތަކެއްގެ މެދުގައި ބާހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާއަށެވެ. |
(Benchmark Term/Submitted Term)x Allocate percentage |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 މާރޗް 2017