މަސައްކަތް
ނަންބަރު: GS133/2017/I/002
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 20 މާރިޗު 2017 13:30
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
އައުޓްޑޯ ނޯޓިސް ބޯޑެއް ބެހެއްޓުމާއި ބެހޭ

އިޢުލާން                    

 

                  މިސްކޫލްގެ އިރުމަތީ ފަރާތު ވަށާފާރާއި އިންކޮށް އައުޓްޑޯ ނޯޓިސް ބޯޑެއް ބަހައްޓަން ބޭނުންވެއްޖެއެވެ.

                 ވީމާ، މިސްކޫލުން ހުށަހަޅާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މާރޗް 2017ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30ށް މިސްކޫލަށް ޙާޞިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 މާރޗް 2017ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:30ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ  ވާހަކަ ދަންނަވަމެވެ.                                                  

  އަންދާސީ ހިސާބަށް މާރކްސް ދެވޭނެ މިންގަނޑުތައް:

ދާއިރާ

މާރކްސް ދެވޭނެގޮތް

ތަފްޞީލް

ފޮރމިއުލަރ

އަގު

%80

ޚިދުމަތުގެ އަގަށް ދެވޭ މާރކްސް:

މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާރކްސް ލިބޭނީ އެންމެ ކުޑައަގަށެވެ.

(Benchmark Price/Submitted Price)x Allocate Percentage

މުއްދަތު

 10%

މުއްދަތަށްދެވޭ މާރކްސް:

މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުރު މުއްދަތަކީ ބެންޗު މާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންންނެވެ. އެގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark days/Submitted number of day)x Allocate percentage

ތަޖުރިބާ

 10%

ތަޖުރިބާއަށް ދެވޭ މާރކްސް:

މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށައަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަޖުރިބާ ތަކެއްގެ މެދުގައި ބާހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާއަށެވެ.

(Benchmark Term/Submitted Term)x Allocate percentage

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.              

                           02 މާރޗް 2017                                                      

 

 

02 މާރިޗު 2017