ދިވެހިރާއްޖެ
މަތީ ތަޢުލީމާއި ތަމުރީނުދޭ ތަންތަނުގެ ތަފާސްހިސާބު ހޯދުން
ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކޮށް ހިންގުމުގެ ޤަވާއިދުގެ 11.1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނާއި ތަނުގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މަތީ ތަޢުލީމާއި ތަމުރީނުދޭ ތަންތަނުގެ ތަފާސްހިސާބުތައް މި ޑިޕާޓްމަންޓަށް ކޮންމެ އަހަރަކު ވެސް ފޮނުވަންޖެހެއެވެ. އެހެންކަމުން 2016 ވަނަ އަހަރު ތަފާސްހިސާބުގެ ގޮތުގައި ފޮނުއްވައިދެއްވަންވީ މަޢުލޫމާތު ހޯދުމަށް ޓަކައި، މި ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ 'ހަޔަރ އެޑިޔުކޭޝަން ސްޓެޓިސްޓިކްސް ބުކްލެޓް 2016' މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް (http://www.dhe.gov.mv) ވަނީ އަޕްލޯޑްކޮށްފައެވެ. ވިމާ، މަތީ ތަޢުލީމާއި ތަމުރީނު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ މަރުކަޒުތަކުން މި ބުކްލެޓް ފުރިހަމަކުރެއްވުމަށް ފަހު 2017 މާރިޗް 07ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އެރުވީމެވެ. އަދި މި ބުކްލެޓް ފުރިހަމަކުރައްވައި، [email protected] އީމެއިލަށް އެކްސެލްފައިލެއްގެ ގޮތުގައި ފޮނުއްވަވައިދެއްވުން އެދެމެވެ.
02 ޖުމާދަލްއާޚިރު 1438ހ.
01 މާރިޗް 2017މ.