ދެންނެވުން
ނަންބަރު: (IUL)166-Planning/166/2017/12
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 07 މާރިޗު 2017 14:00
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
2016 ވަނައަހަރުގެ ތަފާސްހިސާބު ހޯދުން

މަތީ ތަޢުލީމާއި ތަމުރީނުދޭ ތަންތަނުގެ ތަފާސްހިސާބު ހޯދުން

ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކޮށް ހިންގުމުގެ ޤަވާއިދުގެ 11.1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނާއި ތަނުގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މަތީ ތަޢުލީމާއި ތަމުރީނުދޭ ތަންތަނުގެ ތަފާސްހިސާބުތައް މި ޑިޕާޓްމަންޓަށް ކޮންމެ އަހަރަކު ވެސް ފޮނުވަންޖެހެއެވެ. އެހެންކަމުން 2016 ވަނަ އަހަރު ތަފާސްހިސާބުގެ ގޮތުގައި ފޮނުއްވައިދެއްވަންވީ މަޢުލޫމާތު ހޯދުމަށް ޓަކައި، މި ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ 'ހަޔަރ އެޑިޔުކޭޝަން ސްޓެޓިސްޓިކްސް ބުކްލެޓް 2016' މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް (http://www.dhe.gov.mv) ވަނީ އަޕްލޯޑްކޮށްފައެވެ. ވިމާ، މަތީ ތަޢުލީމާއި ތަމުރީނު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ މަރުކަޒުތަކުން މި ބުކްލެޓް ފުރިހަމަކުރެއްވުމަށް ފަހު 2017 މާރިޗް 07ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އެރުވީމެވެ. އަދި މި ބުކްލެޓް ފުރިހަމަކުރައްވައި،  [email protected] އީމެއިލަށް އެކްސެލްފައިލެއްގެ ގޮތުގައި ފޮނުއްވަވައިދެއްވުން އެދެމެވެ.

 

02 ޖުމާދަލްއާޚިރު 1438ހ.

                                01 މާރިޗް 2017މ.

01 މާރިޗު 2017