މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސްބައި ކުއްޔަށް ދިނުން

ފިލާބިލްޑިންގ 1 ގެ 4 ވަނަފަންގިފިލާ  (އުތުރުބައި) - 525 އަކަފޫޓް އޮފީސްބައި ކުއްޔަށް ހިފުމުގެ ފުރުސަތު އަލުން ހުޅުވާލުން

ފިލާބިލްޑިންގ 1 ގެ 4 ވަނަފަންގިފިލާ (އުތުރުބައި) - 525 އަކަފޫޓު އޮފީސް ބައި ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 37/IUL)22-TF/1/2017) ޢިއުލާނާ ގުޅިގެން ކުރިމަތި ލެއްވީ އެންމެ ފަރާތަކުން ކަމުގައިވާތީވެ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ބައިތައް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2017 ފެބުރުވަރީ 22 ވާ ބުދަ ހެނދުނު 11:30 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ )އެދުރުހިޔާ 9 ވަނަ ފަންގިފިލާ )  އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މިއިދާރާގެ ކައުންޓަރުން 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.                          

ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ ތަޢުލީމީ ފަންޑުގެ އިދާރާ ގައި ބަހައްޓަވަން ޖެހޭނެއެވެ.  ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193  ފޯނަށް ގުޅުއްވުން އެދެމެވެ.

14 ފެބުރުވަރީ 2017
ހޯދާ