ދިވެހިރާއްޖެ
ފިލާބިލްޑިންގ 1 ގެ 4 ވަނަފަންގިފިލާ (އުތުރުބައި) - 525 އަކަފޫޓް އޮފީސްބައި ކުއްޔަށް ހިފުމުގެ ފުރުސަތު އަލުން ހުޅުވާލުން
ފިލާބިލްޑިންގ 1 ގެ 4 ވަނަފަންގިފިލާ (އުތުރުބައި) - 525 އަކަފޫޓު އޮފީސް ބައި ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 37/IUL)22-TF/1/2017) ޢިއުލާނާ ގުޅިގެން ކުރިމަތި ލެއްވީ އެންމެ ފަރާތަކުން ކަމުގައިވާތީވެ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި ބައިތައް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2017 ފެބުރުވަރީ 22 ވާ ބުދަ ހެނދުނު 11:30 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ )އެދުރުހިޔާ 9 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މިއިދާރާގެ ކައުންޓަރުން 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.
ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ ތަޢުލީމީ ފަންޑުގެ އިދާރާ ގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.