ދިވެހިރާއްޖެ
ެމްޓީސީސީގެ ފެރީ ނިޒާމްގެ ޒޯން 1 ގެ ހއ. ، ހދ. އަތޮޅު އަދި ޒޯން 2 ގެ ރ އަތޮޅު ގައި ފެރީގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (MTCC-PD/IU/2017/0012) އަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކަށް ކުންފުނިން މައުލޫމާތު ދެވުނުއިރު އެކަށީގެންވާ ވަރަށް މައުލޫމާތު ދެވިފައިނުވާ ކަމަށް ފެންނާތީ،މިއިޢުލާން ބާތިލުކޮށް، އަލުން މިފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ ( ޕްރޮކިއުމެންޓް ޑިޕާރޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 15 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
