ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-PD/IU/2017/0017
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 08 ފެބުރުވަރީ 2017 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމްގެ ޒޯން 1 ގެ ހއ. ، ހދ. އަތޮޅު އަދި ޒޯން 2 ގެ ރ އަތޮޅު ގައި ފެރީގެ ހިދުމަތްދޭނެ ފަރާތެއް ހޯދުން

ެމްޓީސީސީގެ ފެރީ ނިޒާމްގެ ޒޯން 1 ގެ ހއ. ، ހދ. އަތޮޅު އަދި ޒޯން 2 ގެ ރ އަތޮޅު ގައި ފެރީގެ ހިދުމަތްދޭނެ  ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (MTCC-PD/IU/2017/0012) އަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކަށް ކުންފުނިން މައުލޫމާތު ދެވުނުއިރު އެކަށީގެންވާ ވަރަށް މައުލޫމާތު ދެވިފައިނުވާ ކަމަށް ފެންނާތީ،މިއިޢުލާން  ބާތިލުކޮށް، އަލުން މިފުރުސަތު ހުޅުވާލަމެވެ.

                  ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ ( ޕްރޮކިއުމެންޓް ޑިޕާރޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 15 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

02 ފެބުރުވަރީ 2017