ދިވެހިރާއްޖެ
ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫ ކައުންސިލްގެ އިދާރާ |
ބިލެއްދޫ، |
ދިވެހިރާއްޖެ. |
ނަންބަރ |
371B2/2017/09 |
އިޢުލާން
ބިލެއްދޫގައި ޤާއިމްކުރެވޭ 02 ވޮލީކޯޓްގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ބިލެއްދޫގައި ޤާއިމްކުރެވޭ 02 ވޮލީކޯޓްގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވިފައިވާ މި އިދާރާގެ ނަންބަރު: 371B2/2017/02 (މ10 ޖަނަވަރީ2017)ގެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިންގަނޑާއި، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 02 ވާ ބުރާށްފަތި ދުވަހުގެ މެންދުރުފަހު 13.00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ފެބުރުވަރީ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13.00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ -/200 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ ގައިޤާއިމްކުރެވޭ 02 ވޮލީކޯޓު ގެ މަސައްކަތު އަންދާސީ ހިސާބު " މިހެން ލިޔުމަށްފަހުގައެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:
- މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް
- މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު
25 ރަބީޢުލްއާޚިރާ 1438
23 ޖަނަވަރީ 2017