ޢާންމު މަޢުލޫމާތު
ނަންބަރު: 371-B2/2017/09
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 16 ފެބުރުވަރީ 2017 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ވޮލީކޯޓު އެޅުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް

 

 

ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫ ކައުންސިލްގެ އިދާރާ

       ބިލެއްދޫ،

       ދިވެހިރާއްޖެ.

 

ނަންބަރ

371B2/2017/09

                     އިޢުލާން

 

 ބިލެއްދޫގައި ޤާއިމްކުރެވޭ 02 ވޮލީކޯޓްގެ މަސައްކަތް  ކޮށްދޭނޭ ފަރާތެއް ހޯދުން

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ބިލެއްދޫގައި ޤާއިމްކުރެވޭ 02 ވޮލީކޯޓްގެ މަސައްކަތް  ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވިފައިވާ މި އިދާރާގެ ނަންބަރު: 371B2/2017/02 (މ10 ޖަނަވަރީ2017)ގެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިންގަނޑާއި، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 02 ވާ ބުރާށްފަތި  ދުވަހުގެ މެންދުރުފަހު  13.00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ފެބުރުވަރީ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު  13.00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  -/200 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

            އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ ގައިޤާއިމްކުރެވޭ 02 ވޮލީކޯޓު ގެ މަސައްކަތު އަންދާސީ ހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

                   25 ރަބީޢުލްއާޚިރާ  1438

                   23   ޖަނަވަރީ   2017

23 ޖަނަވަރީ 2017