ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ތަމްރީނުވުމުގެ ފުރުޞަތު
|
|
ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް
|
ލެވެލް: ސެޓްފިކެޓް ލެވެލް 3
|
ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް
|
ކޯހުގެ ނަން:
|
- ޖީ.ސީ.އީ އޯލެވެލް މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން؛ ނުވަތަ
- ލެވެލް 2 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން ނުވަތަ
- ޑީ.ޓީ.އައި ސެންޓަރެއްގައި މަދުވެގެން 01 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބި، ގްރޭޑް 6 ނިންމާފައިވުން
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން
|
ކޯހުގެ ޝަރުތު:
|
- މިކޯހުގެ މަޤްސަދަކީ މުދާކްލިއަރކުރުމުގެ ކަންކަމުގައި މިއޮފީހާއެކު މުޢާމަލާތްކުރާ ފަރާތްތަކަކީ ކަނޑަ އެޅިފައިވާ އުޞޫލުތަކުގެ ދަށުން ޚާއްޞަ ތަމްރީނުތަކެއް ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތްތަކަކަށް ހެދުމެވެ.
- މިކޯސް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 4 މޮޑިއުލްގެ މައްޗަށެވެ.
Module 1- Brokers Regulation and Customs Procedures
Module 2- Valuation Process
Module 3- Documentation Process
Module 4- Harmonized System
- މިކޯސް ހިންގުމަށް ރޭވިފައިވަނީ މާޗް 2017 އިން ފެށިގެން 5 މަސްދުވަހުގެ މުއްދަތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒް ގައެވެ. ކޯހަށް މީހުން ހޮވުމުގައި ޑީ.ޓީ.އައި ސެންޓަރެއްގައި މަސައްކަތްކުރާ ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑަށް ރިޢާޔަތްކޮށް އެފަރާތެއް ކޯހުގައި ބައިވެރިނުކުރުމުގެ އަދި ކޯހުން ވަކިކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
- ކޯހުގެ ފީއަކީ -/2000 ރުފިޔާއެވެ.
- މިކޯހުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކުން ފާސްނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން މިކޯސް ނުވަތަ ކޯހުގެ ބައެއް ފުރިހަމަ ކުރަންބޭނުންވާނަމަ، ކޯހުގައި ބައިވެރިވެވޭނީ "ތަމްރީނު ޕްރޮގްރާމްގެ ޢާންމު ގަވާއިދު، ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
- އިތުރު މަޢުލޫމާތު www.customs.gov.mv ވެބްސައިޓް އިން ލިބެންހުންނާނެވެ.
|
އިތުރު މަޢުލޫމާތު:
|
- ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމް
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ޑީ.ޓީ.އައި ސެންޓަރެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ މީހެއްކަން އަންގައިދޭ ކުންފުނީގެ ލިޔުން.
- ކޯހަށް އެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ތަކެތި:
|
ސުންގަޑި: 23 ފެބްރުއަރީ 2017 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވުން އެދެމެވެ.
|
ކޯހަށް އެދޭ ފޯމް ކަސްޓަމްސްގެ ވެބްސައިޓް ww.customs.gov.mv އާއި މިއޮފީހުން ލިބެންހުންނާނެއެވެ.
އިތުރު މަޢުލޫމާތު: 3334106 އަދި 3334108 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
|
|
|
|