ތަމްރީނު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 23 ފެބުރުވަރީ 2017 14:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް

 

މޯލްޑިވްސް ކަސްޓަމްސް ސަރވިސް                  

     ދިވެހިރާއްޖެ                    

ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ތަމްރީނުވުމުގެ ފުރުޞަތު

 

ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް

ލެވެލް: ސެޓްފިކެޓް ލެވެލް 3

ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް

ކޯހުގެ ނަން:

  • ޖީ.ސީ.އީ އޯލެވެލް މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން؛ ނުވަތަ      
  •   ލެވެލް 2 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން  ނުވަތަ
  • ޑީ.ޓީ.އައި ސެންޓަރެއްގައި މަދުވެގެން 01 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބި، ގްރޭޑް 6 ނިންމާފައިވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން

ކޯހުގެ ޝަރުތު:

  • މިކޯހުގެ މަޤްސަދަކީ މުދާކްލިއަރކުރުމުގެ ކަންކަމުގައި މިއޮފީހާއެކު މުޢާމަލާތްކުރާ ފަރާތްތަކަކީ ކަނޑަ އެޅިފައިވާ އުޞޫލުތަކުގެ ދަށުން ޚާއްޞަ ތަމްރީނުތަކެއް ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތްތަކަކަށް ހެދުމެވެ.
  • މިކޯސް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 4 މޮޑިއުލްގެ މައްޗަށެވެ.

 Module 1- Brokers Regulation and Customs Procedures

Module 2- Valuation Process

Module 3- Documentation Process

Module 4- Harmonized System

 

  • މިކޯސް ހިންގުމަށް ރޭވިފައިވަނީ މާޗް 2017 އިން ފެށިގެން 5 މަސްދުވަހުގެ މުއްދަތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒް ގައެވެ. ކޯހަށް މީހުން ހޮވުމުގައި  ޑީ.ޓީ.އައި ސެންޓަރެއްގައި މަސައްކަތްކުރާ ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑަށް ރިޢާޔަތްކޮށް އެފަރާތެއް ކޯހުގައި ބައިވެރިނުކުރުމުގެ އަދި ކޯހުން ވަކިކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
  • ކޯހުގެ ފީއަކީ -/2000 ރުފިޔާއެވެ.
  • މިކޯހުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކުން ފާސްނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން މިކޯސް ނުވަތަ ކޯހުގެ ބައެއް ފުރިހަމަ ކުރަންބޭނުންވާނަމަ، ކޯހުގައި ބައިވެރިވެވޭނީ "ތަމްރީނު ޕްރޮގްރާމްގެ ޢާންމު ގަވާއިދު، ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  • އިތުރު މަޢުލޫމާތު www.customs.gov.mv ވެބްސައިޓް އިން ލިބެންހުންނާނެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމް
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ޑީ.ޓީ.އައި ސެންޓަރެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ މީހެއްކަން އަންގައިދޭ ކުންފުނީގެ ލިޔުން.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި:  23  ފެބްރުއަރީ 2017 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވުން އެދެމެވެ.

ކޯހަށް އެދޭ ފޯމް ކަސްޓަމްސްގެ ވެބްސައިޓް ww.customs.gov.mv އާއި މިއޮފީހުން ލިބެންހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3334106 އަދި 3334108 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

     

 

 

19 ޖަނަވަރީ 2017