ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަލްޓިޕާޕަސްހޯލަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

ހއ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސްހޯލަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ކުރި ނަންބަރު: GS19-C/IUL/2016/42 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް 3 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ  މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެނައުން އެދެމެވެ. ވިޔަފާރި/ ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ، ރަޖިސްޓަރީގެ ކޮޕީ ގެނައުމަށްވެސް ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވުން އެދެމެވެ.

ބޭނުންވާ ތަކެތި:

  1. ޕޯޑިއަމް 

ތަފުސީލް

ތާރީޚު

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

2017 ޖަނަވަރީ 08 (އާދީއްތަ)

 13:30

މަދަރުސާގެ އޮފީސް

އަންދާސީހިސާބު ހުށަހެޅުން

2017 ޖަނަވަރީ 15 (އާދިއްތަ)

 13:30

މަދަރުސާގެ އޮފީސް

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

04 ރަބިޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ