ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:
ހއ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސްހޯލަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ކުރި ނަންބަރު: GS19-C/IUL/2016/42 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް 3 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެނައުން އެދެމެވެ. ވިޔަފާރި/ ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ، ރަޖިސްޓަރީގެ ކޮޕީ ގެނައުމަށްވެސް ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވުން އެދެމެވެ.
ބޭނުންވާ ތަކެތި:
- ޕޯޑިއަމް
ތަފުސީލް |
ތާރީޚު |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
2017 ޖަނަވަރީ 08 (އާދީއްތަ) |
13:30 |
މަދަރުސާގެ އޮފީސް |
އަންދާސީހިސާބު ހުށަހެޅުން |
2017 ޖަނަވަރީ 15 (އާދިއްތަ) |
13:30 |
މަދަރުސާގެ އޮފީސް |
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
04 ރަބިޢުލްއާޚިރު 1438