ދިވެހިރާއްޖެ
އިޢުލާން
މަރާމާތުގެ ބައެއް މަސައްކަތް ކުރުމާބެހޭ:
މި މަދަރުސާގެ މިދަންނަވާ ބައެއް މަރާމާތުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.
1- ބޯފެނުގެ ނިޒާމު ރަނގަޅުކުރުން.
2- ފާޚާނާ ނިޒާމު ރަނގަޅުކުރުން.
3- ވިއްސާރަމޫސުމުގައި ރޫމްތަކަށް ފެންލީކުވުން ރަނގަޅުކުރުން.
4- ކެމިސްޓްރީ ލެބް މަރާމާތުކުރުމުގެ މަސައްކަތް
5- ހެލްތު / ކައުންސިލްރޫމުގެ ވަގުތީ އިންތިޒާމުގެ މަސައްކަތް.
އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކޮށްދިނުން |
އަންދާސީހިސާބު ބަލައިގަތުން |
2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 13:30 |
2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 13:30 |
މިމަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު(IUL)GS-51-Dpt-101/INDIV/2016/40 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކުރީމެވެ. މިއީ، މި މަސައްކަތް ކުރުމަށް ކުރެވޭ 3 ވަނަ އިޢުލާނެވެ.