މަސައްކަތް
ނަންބަރު: (IUL)GS-51-Dpt-101/INDIV/2017/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 10 ޖަނަވަރީ 2017 13:30
މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަރާމާތުގެ ބައެއް މަސައްކަތް ކުރުމާބެހޭ:

މި މަދަރުސާގެ މިދަންނަވާ ބައެއް މަރާމާތުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.

1- ބޯފެނުގެ ނިޒާމު ރަނގަޅުކުރުން.                  

2- ފާޚާނާ ނިޒާމު ރަނގަޅުކުރުން.

3- ވިއްސާރަމޫސުމުގައި ރޫމްތަކަށް ފެންލީކުވުން ރަނގަޅުކުރުން.

4- ކެމިސްޓްރީ ލެބް މަރާމާތުކުރުމުގެ މަސައްކަތް

5- ހެލްތު / ކައުންސިލްރޫމުގެ ވަގުތީ އިންތިޒާމުގެ މަސައްކަތް.

އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ބަލައިގަތުން

2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 13:30

2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 13:30

 
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގައި ބައިވެރިނުވެވޭނެވާހަކަ ދެންނެވީމެވެ.

މިމަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު(IUL)GS-51-Dpt-101/INDIV/2016/40 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކުރީމެވެ. މިއީ، މި މަސައްކަތް ކުރުމަށް ކުރެވޭ 3 ވަނަ އިޢުލާނެވެ.

03 ޖަނަވަރީ 2017