ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގައިހުރި ރުއްގަހުގެ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މި އިދާރާގެ ނަންބަރު (IUL)311/311/2016/83 (14 ޑިސެންބަރު 2016) ގެ އިޢުލާނުގައި ދެންނެވިފައިވާ ރުއްގަހުގެ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވުނު ވާހަކަ ދެންނެވީމެވެ.
ވީމާ، އަލަށް ދޫކުރެވިފައިވާ ގޯތިތަކުގައިހުރި ރުއްގަހުގެ ބަދަލުގެ މައްސަލަ ނިންމުން އަވަސްކުރުމުގެގޮތުން އެ ރުއްގަހަކީ ކޮން ފަރާތަކުން އިންދާފައިވާ ކާކުގެ އެއްޗެއްކަން ދެނެގަތުމަށްޓަކައި އެ ރުއްގަސް ފާހަގަކުރުމަށް މިހާރު ހުދުކުލައިގެ ދަވާދުން ü މިފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ، 2017 ޖަނަވަރީ 04 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ސިޓީއަކުން އެކަން އެންގެވުން އެދެމެވެ. ފާހަގަ ޖަހާފައިވާ ރުއްގަސްހުރި ގޯތިތައް އެނގޭނޭ ޗާޓެއް މި އިޢުލާނާއެކު މިވަނީއެވެ.
29 ރަބީޢުލްއައްވަލް 1438