ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2016/85
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 04 ޖަނަވަރީ 2017 14:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މަޢުލޫމާތު ހޯދުން

އިޢުލާން

ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގައިހުރި ރުއްގަހުގެ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މި އިދާރާގެ ނަންބަރު (IUL)311/311/2016/83 (14 ޑިސެންބަރު 2016) ގެ އިޢުލާނުގައި ދެންނެވިފައިވާ ރުއްގަހުގެ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވުނު ވާހަކަ ދެންނެވީމެވެ.

ވީމާ، އަލަށް ދޫކުރެވިފައިވާ ގޯތިތަކުގައިހުރި ރުއްގަހުގެ ބަދަލުގެ މައްސަލަ ނިންމުން އަވަސްކުރުމުގެގޮތުން އެ ރުއްގަހަކީ ކޮން ފަރާތަކުން އިންދާފައިވާ ކާކުގެ އެއްޗެއްކަން ދެނެގަތުމަށްޓަކައި އެ ރުއްގަސް ފާހަގަކުރުމަށް މިހާރު ހުދުކުލައިގެ ދަވާދުން ü މިފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ، 2017 ޖަނަވަރީ 04 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ސިޓީއަކުން އެކަން އެންގެވުން އެދެމެވެ. ފާހަގަ ޖަހާފައިވާ ރުއްގަސްހުރި ގޯތިތައް އެނގޭނޭ ޗާޓެއް މި އިޢުލާނާއެކު މިވަނީއެވެ.

29 ރަބީޢުލްއައްވަލް 1438

28 ޑިސެންބަރު 2016