ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ހެޑް އޮފް ފައިނޭންސް އެންޑް އެކައުންޓްސް
މަޤާމުގެ ކްލެސިފިކޭޝަނާއި ރޭންކް: ޑެޕިއުޓީ މެނޭޖަރ (MM1)
މަޤާމުގެ ގިންތި: ކޮންޓްރެކްޓް
އާންމު މަސްއޫލިއްޔަތުތައް:
ހެޑް އޮފް ފައިނޭންސަކީ، ޚަޒާނާ މޯލްޑިވްސްގެ މާލި ކަންތައްތައް އިންތިޒާމުކޮށް ރާވައި، އަދި ދާއިރާގެ އެންމެހައި އުސޫލުތައް ތަންފީޒުކޮށް ކޮންޓްރޯލްކުރުމުގެ ޒިންމާ އުފުލާ ފަރާތެވެ. ކުންފުނީގެ މެނޭޖްމަންޓަށް، ކުންފުނީގެ މާލީ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން ލަފާއަރުވާނީވެސް އެފަރާތުންނެވެ.
ޚާއްޞަވެގެންވާ ޒިންމާތައް:
- އެކަށީގެންވާ އެކައުންޓިންގ ސިސްޓަމަކާއި، އުސޫލުތަކާއި، ޕޮލިސީތައް ހެދުމާއި ތަންފީޒުކުރުން
- އެންމެހައި ފައިނޭންޝަލް ސްޓޭޓްމަންޓްތައް އާންމުކޮށް ބަލާ މިންގަނޑާ އެއްގޮތަށް ތައްޔާރުކުރުން
- ޤާނޫނީގޮތުން ރިޕޯޓްކުރަންޖެހޭ އެންމެހައި ކަންތައްތައް (ޓެކްސް ހިމެނޭނޭހެން) ކޮށްނިންމުން.
- ކުންފުނީގެ ކެޕިޓަލް، މޭންޕަވަރ، އަދި އޯވަރހެޑްސްއާއި އެހެނިހެން ވޭރިއެންސް އެނަލިސިސްތައް ހިމަނައިގެން ކުންފުނީގެ ބަޖެޓް ތައްޔާރުކުރުން.
- އަހަރީ ބިޒްނަސް ޕްލޭނާއި ކޭޝް ފްލޯ ޕްރޮޖެކްޝަންސްއާއި ލޯންގް ޓަރމް ޕްލޭންތައް ތައްޔާރުކުރުން.
- ޓްރެޝަރީ ފަންކްޝަން ބެލެހެއްޓުން.
- މެނޭޖްމަންޓުން މާލީ ކަންތައްތަކާ ގުޅޭގޮތުން ބޭނުންވާ އެކި މަޢުލޫމާތު އެޑް-ހޮކް ކޮށް ހުށަހެޅުން.
- ކްލަޔަންޓުން ހުށަހަޅާ ފައިނޭންޝަލް ރިޕޯޓްތައް މުރާޖަޢާކުރުމަށްފަހު، ހުށަހެޅިފައިވާ ރިޕޯޓްތަކުގެ ޞައްޙަކަމާ ގުޅޭގޮތުން ޕްރޮފެޝަނަލް އޮޕީނިއަން ދިނުން.
- އޮޑިޓަރުންނާއެކު މަސައްކަތްކޮށް، ކުންފުނީގެ އެކިއެކި ރިޕޯޓްތައް އާންމުކޮށް ބަލާ މިންގަނޑަށް ތައްޔާރުކުރުން.
ތަޢުލީމީ ފެންވަރު:
- އެކައުންޓިން ދާއިރާއިން އެމް.އެން.ކިއު.އެފް ގެ ލެވެލް 9 ސެޓުފިކެޓު ހާސިލުކޮށްފައިވުން.
- ފައިނޭންސްގެ ދާއިރާއިން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދައިފައިވުން.
- އިސްލާމިކް ފައިނޭންސް ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ނުވަތަ ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ކޮންޕަންސޭޝަން/ މުސާރާއާއި ޢިނާޔަތްތައް:
މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ކުންފުނީގެ އެޗް.އާރް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތް އެއްބަސްވެވޭ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ.
ވަޒީފާއަށް ހޮވުމުގައި ބަލާނެ އެހެނިހެން ކަންތައްތައް:
- އިންޓަރޕަރސަނަލް ސްކިލްސް ހުރި މީހެއްކަމުގައި ވުން.
- މައިކްރޯސްފްޓް އޮފީސް، އަދި އެކައުންޓިންގ ސޮފްޓްވެއަރތައް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައި ވުން.
- މަލްޓި ޓާސްކްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ވުން.
- ހައި ޕްރެޝަރ އެންވަޔަރަމަންޓެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
- ކަނޑައެޅިފައިވާ ވަގުތުތަކަށް، މަސައްކަތްނިންމައި، ލަނޑުދަނޑިތައް ހާސިލުކުރާ ފަރާތެއްކަމުގައި ވުން.
- އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ޢިލްމު ހުރި ފަރާތެއް ކަމުގައިވުން.