ވަޒީފާގެ ފުރުޞަތު
ނަންބަރު: HZN/IULAAN/2017/01
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:05
ސުންގަޑި: 04 ޖަނަވަރީ 2017 14:00
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ހެޑް އޮފް ފައިނޭންސް އެންޑް އެކައުންޓްސް

ވަޒީފާގެ ފުރުޞަތު

މަޤާމު: ހެޑް އޮފް ފައިނޭންސް އެންޑް އެކައުންޓްސް

މަޤާމުގެ ކްލެސިފިކޭޝަނާއި ރޭންކް: ޑެޕިއުޓީ މެނޭޖަރ (MM1)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

އާންމު މަސްއޫލިއްޔަތުތައް:

ހެޑް އޮފް ފައިނޭންސަކީ، ޚަޒާނާ މޯލްޑިވްސްގެ މާލި ކަންތައްތައް އިންތިޒާމުކޮށް ރާވައި، އަދި ދާއިރާގެ އެންމެހައި އުސޫލުތައް ތަންފީޒުކޮށް ކޮންޓްރޯލްކުރުމުގެ ޒިންމާ އުފުލާ ފަރާތެވެ. ކުންފުނީގެ މެނޭޖްމަންޓަށް، ކުންފުނީގެ މާލީ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން ލަފާއަރުވާނީވެސް އެފަރާތުންނެވެ.

ޚާއްޞަވެގެންވާ ޒިންމާތައް:

  • އެކަށީގެންވާ އެކައުންޓިންގ ސިސްޓަމަކާއި، އުސޫލުތަކާއި، ޕޮލިސީތައް ހެދުމާއި ތަންފީޒުކުރުން
  • އެންމެހައި ފައިނޭންޝަލް ސްޓޭޓްމަންޓްތައް އާންމުކޮށް ބަލާ މިންގަނޑާ އެއްގޮތަށް ތައްޔާރުކުރުން
  • ޤާނޫނީގޮތުން ރިޕޯޓްކުރަންޖެހޭ އެންމެހައި ކަންތައްތައް (ޓެކްސް ހިމެނޭނޭހެން) ކޮށްނިންމުން.
  • ކުންފުނީގެ ކެޕިޓަލް، މޭންޕަވަރ، އަދި އޯވަރހެޑްސްއާއި އެހެނިހެން ވޭރިއެންސް އެނަލިސިސްތައް ހިމަނައިގެން ކުންފުނީގެ ބަޖެޓް ތައްޔާރުކުރުން.
  • އަހަރީ ބިޒްނަސް ޕްލޭނާއި ކޭޝް ފްލޯ ޕްރޮޖެކްޝަންސްއާއި ލޯންގް ޓަރމް ޕްލޭންތައް ތައްޔާރުކުރުން.
  • ޓްރެޝަރީ ފަންކްޝަން ބެލެހެއްޓުން.
  • މެނޭޖްމަންޓުން މާލީ ކަންތައްތަކާ ގުޅޭގޮތުން ބޭނުންވާ އެކި މަޢުލޫމާތު އެޑް-ހޮކް ކޮށް ހުށަހެޅުން. 
  • ކްލަޔަންޓުން ހުށަހަޅާ ފައިނޭންޝަލް ރިޕޯޓްތައް މުރާޖަޢާކުރުމަށްފަހު، ހުށަހެޅިފައިވާ ރިޕޯޓްތަކުގެ ޞައްޙަކަމާ ގުޅޭގޮތުން ޕްރޮފެޝަނަލް އޮޕީނިއަން ދިނުން.
  • އޮޑިޓަރުންނާއެކު މަސައްކަތްކޮށް، ކުންފުނީގެ އެކިއެކި ރިޕޯޓްތައް އާންމުކޮށް ބަލާ މިންގަނޑަށް ތައްޔާރުކުރުން.

ތަޢުލީމީ ފެންވަރު:

  • އެކައުންޓިން ދާއިރާއިން އެމް.އެން.ކިއު.އެފް ގެ ލެވެލް 9 ސެޓުފިކެޓު ހާސިލުކޮށްފައިވުން.
  • ފައިނޭންސްގެ ދާއިރާއިން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދައިފައިވުން.
  • އިސްލާމިކް ފައިނޭންސް ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ނުވަތަ ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކޮންޕަންސޭޝަން/ މުސާރާއާއި ޢިނާޔަތްތައް:

މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ކުންފުނީގެ އެޗް.އާރް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތް އެއްބަސްވެވޭ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި ބަލާނެ އެހެނިހެން ކަންތައްތައް:

  • އިންޓަރޕަރސަނަލް ސްކިލްސް ހުރި މީހެއްކަމުގައި ވުން.
  • މައިކްރޯސްފްޓް އޮފީސް، އަދި އެކައުންޓިންގ ސޮފްޓްވެއަރތައް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައި ވުން.
  • މަލްޓި ޓާސްކްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ވުން.
  • ހައި ޕްރެޝަރ އެންވަޔަރަމަންޓެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  • ކަނޑައެޅިފައިވާ ވަގުތުތަކަށް، މަސައްކަތްނިންމައި، ލަނޑުދަނޑިތައް ހާސިލުކުރާ ފަރާތެއްކަމުގައި ވުން.
  • އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ޢިލްމު ހުރި ފަރާތެއް ކަމުގައިވުން.
02 ޖަނަވަރީ 2017