ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް ޢިމާރާތުގެ ނަލަފިލާ ބަދަލުކުރުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލުގެ ނަންބަރު (IUL)GS56/GS-56/2016/1009 އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.                          

މަސައްކަތް:

ސްކޫލްގެ ބައެއް އިމާރާތުގެ ނަލަފިލާ ބަދަލުކުރުން.

މަސައްކަތުގެ ތަފުސީލު:

ތިން ކްލާސް ރޫމް ޢިމާރާތް

  • އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
  • ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް:  ދިގުމިން – 21 ފޫޓު

                           ފުޅާމިން – 9 އިންޗި

                           ބޯމިން – 10/3 އިންޗި

ދެ ކްލާސްރޫމް ޢިމާރާތް

  • އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
  • ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް:  ދިގުމިން - 21 ފޫޓު

                           ފުޅާމިން – 9 އިންޗި

                           ބޯމިން – 10/3 އިންޗި

ހަ ކުލާސްރޫމް ޢިމާރާތް:

  • ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
  • ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް:  ދިގުމިން - 21 ފޫޓު

                           ފުޅާމިން – 9 އިންޗި

                           ބޯމިން – 10/3 އިންޗި

ތިން ކުލާސްރޫމް (ކޮންޕިއުޓަރ ރޫމް) ޢިމާރާތް

  • ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
  • ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް:  ދިގުމިން - 21 ފޫޓު

                           ފުޅާމިން – 9 އިންޗި

                           ބޯމިން – 10/3 އިންޗި

  • ނަލަފިލާތައް ނައްޓާއިރު ހަލާކުވެ ފީވެފައިވާ ތަންތަން މަރާމާތުކުރަންޖެހޭނެއެވެ.
  • ދަވާދުގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ނިޕޮން ބްރޭންޑްގެ އެމަރަލްޑް ގްރީންއެވެ. (ކޯޑް: 9048)

އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެކަންޏަށެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމު.
  • ހުށަހަޅާ އަންދާސީހިސާބު. (އަންދާސީހިސާބު ސިޓީ ނުވަތަ ކޯޓޭޝަން)
  • ބީލަމަށް ކުރިމަތިލާ ކުންފުނި ނުވަތަ އިންވެސްޓްމަންޓުގެ މަޢުލޫމާތު/ޕްރޮފައިލް.
  • އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓުގެ ކޮޕީ. (އެންމެ ފަހު އަހަރުގެ)
  • އޮޑިޓް ރިޕޯޓު ހުށަހެޅިކަމަށް އިކޮނޮމިކު މިނިސްޓްރީން ނުވަތަ މީރާއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (އެންމެ ފަހު އަހަރުގެ)
  • މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން ސެޓުފިކެޓު ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް.
  • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
  • "މީރާ" އަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން.
  • ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ލިޔުން
  • ބޭންކް ސްޓޭޓްމަންޓް (ފާއިތުވި ދެ މަހުގެ)
  • ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުން (އެންމެ ފަހުން ދެއްކި މަހުގެ)
  • މާލީ ދަލީލު (ބޭންކް ގެރެންޓީއާއި ކްރެޑިޓް ފެސިލިޓީ ފަދަ)
  • އެމެންޑްމަންޓްސް

 ޕޮއިންޓް ދޭނެގޮތް:

  • 65 ޕޮއިންޓް އަގަށް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 25 ޕޮއިންޓް މުއްދަތަށް (އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 5 ޕޮއިންޓް ތަޖުރިބާ (ވޭތުވެދިޔަ 3 އަހަރު ނިންމި މިފަދަ ޕްރޮޖެކްޓްގެ ޖުމުލަ އަގު / ހުށަހެޅި ޕްރޮޖެކްޓްގެ ޖުމުލަ އަގު)
  • 5 ޕޮއިންޓް މާލީ ޤާބިލުކަމަށް (ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ، ކްރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު × 5)

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 11:00 އަށް ސްކޫލްގެ އޮފީހަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:00 ން 14:00 އަށް 6600136 ނަންބަރު ފޯނާއެވެ. ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓާއި ބީލަން ހުށަހަޅާ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.

22 ރަބީޢުލްއައްވަލް 1438

21 ޑިސެންބަރު 2016
ހޯދާ