ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ސްކޫލުގެ ނަންބަރު (IUL)GS56/GS-56/2016/1009 އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
މަސައްކަތް:
ސްކޫލްގެ ބައެއް އިމާރާތުގެ ނަލަފިލާ ބަދަލުކުރުން.
މަސައްކަތުގެ ތަފުސީލު:
ތިން ކްލާސް ރޫމް ޢިމާރާތް
- އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން – 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 10/3 އިންޗި
ދެ ކްލާސްރޫމް ޢިމާރާތް
- އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 10/3 އިންޗި
ހަ ކުލާސްރޫމް ޢިމާރާތް:
- ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 10/3 އިންޗި
ތިން ކުލާސްރޫމް (ކޮންޕިއުޓަރ ރޫމް) ޢިމާރާތް
- ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 10/3 އިންޗި
- ނަލަފިލާތައް ނައްޓާއިރު ހަލާކުވެ ފީވެފައިވާ ތަންތަން މަރާމާތުކުރަންޖެހޭނެއެވެ.
- ދަވާދުގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ނިޕޮން ބްރޭންޑްގެ އެމަރަލްޑް ގްރީންއެވެ. (ކޯޑް: 9048)
އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެކަންޏަށެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމު.
- ހުށަހަޅާ އަންދާސީހިސާބު. (އަންދާސީހިސާބު ސިޓީ ނުވަތަ ކޯޓޭޝަން)
- ބީލަމަށް ކުރިމަތިލާ ކުންފުނި ނުވަތަ އިންވެސްޓްމަންޓުގެ މަޢުލޫމާތު/ޕްރޮފައިލް.
- އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓުގެ ކޮޕީ. (އެންމެ ފަހު އަހަރުގެ)
- އޮޑިޓް ރިޕޯޓު ހުށަހެޅިކަމަށް އިކޮނޮމިކު މިނިސްޓްރީން ނުވަތަ މީރާއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (އެންމެ ފަހު އަހަރުގެ)
- މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން ސެޓުފިކެޓު ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް.
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
- "މީރާ" އަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން.
- ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ލިޔުން
- ބޭންކް ސްޓޭޓްމަންޓް (ފާއިތުވި ދެ މަހުގެ)
- ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުން (އެންމެ ފަހުން ދެއްކި މަހުގެ)
- މާލީ ދަލީލު (ބޭންކް ގެރެންޓީއާއި ކްރެޑިޓް ފެސިލިޓީ ފަދަ)
- އެމެންޑްމަންޓްސް
ޕޮއިންޓް ދޭނެގޮތް:
- 65 ޕޮއިންޓް އަގަށް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 25 ޕޮއިންޓް މުއްދަތަށް (އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 5 ޕޮއިންޓް ތަޖުރިބާ (ވޭތުވެދިޔަ 3 އަހަރު ނިންމި މިފަދަ ޕްރޮޖެކްޓްގެ ޖުމުލަ އަގު / ހުށަހެޅި ޕްރޮޖެކްޓްގެ ޖުމުލަ އަގު)
- 5 ޕޮއިންޓް މާލީ ޤާބިލުކަމަށް (ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ، ކްރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު × 5)
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 11:00 އަށް ސްކޫލްގެ އޮފީހަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:00 ން 14:00 އަށް 6600136 ނަންބަރު ފޯނާއެވެ. ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓާއި ބީލަން ހުށަހަޅާ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.
22 ރަބީޢުލްއައްވަލް 1438