ދިވެހިރާއްޖެ
އިޢުލާން
މި ކޯޕަރޭޝަނުގެ އާ ވެބްސައިޓް ފަރުމާކޮށް ތައްޔާރުކޮށްދޭނޭ ފަރާތެއް ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އިޢުލާން ނަންބަރު TCL/PROC-TA/2016/040 ބާޠިލުކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަން ފޮތަށް ފައިސާ ދެއްކުން |
ޓީސީއެލް ހެޑް އޮފީސް |
03 ދުވަސް (ރަސްމީ) |
19 ޑިސެންބަރު 2016 އިން 21 ޑިސެންބަރު 2016 އަށް |
09:00 އިން 15:00 |
ޕްރީ ބިޑް މީޓިންގ އަދި ބީލަން ފޮތް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
ބުރާސްފަތި |
22 ޑިސެންބަރު 2016 |
10:30 ގައި |
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
އަންގާރަ |
27 ޑިސެންބަރު 2016 |
10:30 ގައި |
އަންދާސީހިސާބު ހުށަހެޅުއްވުމާގުޅޭ:
- ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާއެވެ.
- ބީލަން ހުށަހަޅުއްވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ، ހުށަހަޅުއްވާ ބީލަން ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާޓްމަންޓާ ގުޅުއްވުން އެދެމެވެ.
16 ރަބީޢުލްއައްވަލް 1438