މަސައްކަތް
ނަންބަރު: TCL/PROC-TA/2016/043
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 21 ޑިސެންބަރު 2016 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެބްސައިޓް ޑިވެލޮޕްކުރުން

އިޢުލާން

މި ކޯޕަރޭޝަނުގެ އާ ވެބްސައިޓް ފަރުމާކޮށް ތައްޔާރުކޮށްދޭނޭ ފަރާތެއް ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އިޢުލާން ނަންބަރު TCL/PROC-TA/2016/040 ބާޠިލުކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ.

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަން ފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑް އޮފީސް

03 ދުވަސް (ރަސްމީ)

19 ޑިސެންބަރު  2016 އިން 21 ޑިސެންބަރު 2016 އަށް

09:00 އިން 15:00

ޕްރީ ބިޑް މީޓިންގ އަދި ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ބުރާސްފަތި

22 ޑިސެންބަރު 2016

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

އަންގާރަ

27 ޑިސެންބަރު 2016

10:30 ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާގުޅޭ:

  • ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާއެވެ.
  • ބީލަން ހުށަހަޅުއްވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ، ހުށަހަޅުއްވާ ބީލަން ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާޓްމަންޓާ ގުޅުއްވުން އެދެމެވެ.

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016