އިޢުލާން
މި އިދާރާގެ ލޯންޗް "މަތިފަޅު" ގެ ސަތަރިއާއި، ސީޓުތަކުގެ ކަވަރު ބަދަލުކުރަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި އިދާރާއަށް އީމެއިލުން ނުވަތަ ސިޓީއުރައެއްގައި ބަންދުކުރައްވައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected] ، [email protected] އަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 7612483 ނުވަތަ 9994828 އާއެވެ.
މާކްސް ދެވޭ ކުރައިޓީރިއާ
|
މާކްސް ދެވޭ ގޮތް
|
ތަފުސީލު
|
ފޯމިއުލަރ
|
އަގު
|
50%
|
- ޚިދުމަތުގެ އަގަށް ދޭ މާކްސް
- މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކަށް ބަލައި އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.
|
(Benchmark Price / Submitted Price) x Allocated Percentage
|
ފަންނީ ތަޖުރިބާ
|
30%
|
- ޚިދުމަތްދިނުމުގައި ފަންނީ ތަޖުރިބާއަށް ދޭ މާކްސް
- މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މިކަމާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި، މިބާވަތުގެ މަސައްކަތް އެންމެ ގިނައިން ކޮށްފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއްގެ މެދުގައި ލިބޭ % ހުރިހާ މަސައްކަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނައިން މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.
|
(Submitted experience / Benchmark experience) x Allocated Percentage
|
މާލީ ތަނަވަސްކަން
|
10%
|
- މާލީ ތަނަވަސްކަމަށް ދޭ މާކްސް
- މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ މާލީ ތަނަވަސްކަން އަންގައިދޭ ލިޔުންތަކުގެ މައްޗަށް ބަލައި، އަމިއްލަ ޚަރަދުގައި އެންމެ އަގުބޮޑުކޮށް ކޮށްފައިވާ މަސައްކަތް ނުވަތަ މަސައްކަތްތައް ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަދަދެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އަމިއްލަ ޚަރަދުގައި އެންމެބޮޑު އަގެއްގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.
|
(Submitted Financial capability / Benchmark Financial capability) x Allocated Percentage
|
މުއްދަތު
|
10%
|
- މުއްދަތަށް ދޭ މާކްސް
- މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅުއްވާފައިވާ މުއްދަތުތައް ބަލައި އެންމެ ކުރު މުއްދަތު ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
|
(Benchmark Period / Submitted Period) x Allocated Percentage
|
8 ރަބީޢުލްއައްވަލް 1438