މަސައްކަތް
ނަންބަރު: (IUL)236-IED/236/2016/35
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:09
ސުންގަޑި: 19 ޑިސެންބަރު 2016 11:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް 'މަތިފަޅު' ގެ ސަތަރިއާއި، ސީޓުތަކުގެ ކަވަރު ބަދަލުކުރަން

އިޢުލާން

މި އިދާރާގެ ލޯންޗް "މަތިފަޅު" ގެ ސަތަރިއާއި، ސީޓުތަކުގެ ކަވަރު ބަދަލުކުރަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި އިދާރާއަށް އީމެއިލުން ނުވަތަ ސިޓީއުރައެއްގައި ބަންދުކުރައްވައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected]  ، [email protected] އަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 7612483 ނުވަތަ 9994828 އާއެވެ.

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

50%

  • ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކަށް ބަލައި އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ފަންނީ  ތަޖުރިބާ

30%

  • ޚިދުމަތްދިނުމުގައި ފަންނީ ތަޖުރިބާއަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މިކަމާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި، މިބާވަތުގެ މަސައްކަތް އެންމެ ގިނައިން ކޮށްފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއްގެ މެދުގައި ލިބޭ % ހުރިހާ މަސައްކަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނައިން މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.

(Submitted experience / Benchmark experience) x Allocated Percentage

މާލީ ތަނަވަސްކަން

10%

  • މާލީ ތަނަވަސްކަމަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ މާލީ ތަނަވަސްކަން އަންގައިދޭ ލިޔުންތަކުގެ މައްޗަށް ބަލައި، އަމިއްލަ ޚަރަދުގައި އެންމެ އަގުބޮޑުކޮށް ކޮށްފައިވާ މަސައްކަތް ނުވަތަ މަސައްކަތްތައް ބެންޗްމާކެއްކަމުގައި ބަލައިގެން  ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަދަދެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އަމިއްލަ ޚަރަދުގައި އެންމެބޮޑު އަގެއްގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.

(Submitted Financial capability / Benchmark Financial capability) x Allocated Percentage

މުއްދަތު

10%

  • މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅުއްވާފައިވާ މުއްދަތުތައް ބަލައި އެންމެ ކުރު މުއްދަތު ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Period / Submitted Period) x Allocated Percentage

8 ރަބީޢުލްއައްވަލް 1438

07 ޑިސެންބަރު 2016