ދިވެހިރާއްޖެ
މި ސްކޫލުގެ ބައެއް މަރާމާތުތައް ކުރުމާބެހޭ
މި ސްކޫލުން ކުރި ނަންބަރު GS-91/IUL/2016/06 އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ބޯފެންތާނގީތައް މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުން.
- ހޯލް އިމާރާތުގެ ޕާޓިޝަންތައް މަރާމާތުކުރުން.
- 3 ކްލާސްރޫމުގައި މުށިޖެހުން.
މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 11:00 ގައި ނޭކުރެންދޫ މަދަރުސާގައެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.