މަސައްކަތް
ނަންބަރު: GS-91/IUL/2016/11
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 19 ޑިސެންބަރު 2016 11:00
ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ބައެއް މަރާމާތުތައް ކުރުމާބެހޭ

މި ސްކޫލުން ކުރި ނަންބަރު GS-91/IUL/2016/06 އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ބޯފެންތާނގީތައް މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުން.
  • ހޯލް އިމާރާތުގެ ޕާޓިޝަންތައް މަރާމާތުކުރުން.
  • 3 ކްލާސްރޫމުގައި މުށިޖެހުން.

މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 11:00 ގައި ނޭކުރެންދޫ މަދަރުސާގައެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

04 ޑިސެންބަރު 2016