ދިވެހިރާއްޖެ
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 24 ނޮވެންބަރު 2016 ގައި ކުރެވުނު ނަންބަރު HZN/IULAAN/2016/09 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ޚަޒާނާ މޯލްޑިވްސް ލިމިޓެޑް (މއ. ސެމީ ޑީލް، 2 ވަނަ ފަންފިގިލާ، ޗާންދަނީ މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކުންފުންޏަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ޑިސެންބަރު 05 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް |
2016 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން |
މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 3:00 އާ ދެމެދު މި ކުންފުނީގެ ޓެލެފޯނު ނަންބަރު 3012000 އަށް ގުޅުއްވުން އެދެމެވެ.