ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: HZN/IULAAN/2016/11
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 05 ޑިސެންބަރު 2016 10:30
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 24 ނޮވެންބަރު 2016 ގައި ކުރެވުނު ނަންބަރު HZN/IULAAN/2016/09 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ޚަޒާނާ މޯލްޑިވްސް ލިމިޓެޑް (މއ. ސެމީ ޑީލް، 2 ވަނަ ފަންފިގިލާ، ޗާންދަނީ މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކުންފުންޏަށް ވަޑައިގެންދެއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 05 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް

2016 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 3:00 އާ ދެމެދު މި ކުންފުނީގެ ޓެލެފޯނު ނަންބަރު 3012000 އަށް ގުޅުއްވުން އެދެމެވެ.

 

 

01 ޑިސެންބަރު 2016