ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
- މެލޭޝިޔާ |
ޤައުމު |
- އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. |
ކޯހުގެ ދާއިރާ |
- 03 ބެޗެލަރސް ޑިގްރީ (ކޯސްފީ މުޅިން ހިލޭ) - 50 ފުރުޞަތު (ބެޗްލަރސް ޑިގްރީއާއި، މާސްޓަރސް ޑިގްރީއަށް) - ބެޗެލަރސް ޑިގްރީ ( ކޯހުގެ ފުރަތަމަ އަހަރު %50 ކޯސްފީ ހިލޭ، އަދި (CGPA 3) އަށްވުރެ ދަށްނުވާނަމަ ކޯހުގެ 2 ވަނަ އަދި 3 ވަނަ އަހަރު %30 ކޯސް ފީ ހިލޭ) - މާސްޓަރސް ޑިގްރީ (%50 ކޯސްފީ ހިލޭ) |
ކޯހުގެ ލެވެލްއާއި އަދަދު. |
ބެޗެލަރސް ޑިގްރީ: 1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެސް.އެސް.ސީ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) 2. ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި 3 މާއްދާއިން ފާސްވާ ދަރިވަރުންނަށް ފުރުޞަތު ދިނުމަށްފަހު، އިތުރު ފުރުޞަތު އޮތްނަމަ، 02 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް ފުރުޞަތު ދެވޭނެއެވެ. 3. ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ" ގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. މާސްޓަރސް ޑިގްރީ: 1. ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. (އެޕްލައިކުރަން ބޭނުންވާ ދާއިރާއަކާގުޅޭ ދާއިރާއަކުން) މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުތުތައްވެސް ފުރިހަމަ ވާންވާނެއެވެ. 2. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް، 13 ޑިސެންބަރު 2016 މި ތާރީޚުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ ޚިދުމަތްކުރުމުގެ މުއްދަތެއް ނުގުނޭނެއެވެ. 2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާ ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި މި އިޢުލާނުގައިވާ އެއްވެސް ޝަރުޠަކާ ހެދި 'ޑިސްކޮލިފައި'ވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެއެވެ. މި އުސޫލު މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv ގައި އަޕްލޯޑްކުރެވިފައިވާނެއެވެ. |
ކޯހުގެ ޝަރުޠުތައް: |
- 50 ފުރުޞަތަށްވުރެ އިތުރަށް ކޮލިފައިވާ ކެންޑިޑޭޓުން ކޯހަށް އެދި ހުށަހަޅާފައިވާނަމަ 25 ބެޗްލަރސް ޑިގްރީއަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމަށްފަހު ބާކީ 25 ފުރުޞަތަށް މާސްޓަރސް ޑިގްރީ ލެވެލްގެ ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނެއެވެ. - ނަމަވެސް ކޮލިފައިވާ ކެންޑިޑޭޓުންގެ އަދަދު އެއް ލެވެލްއަށް އިތުރުވެ އަދި އަނެއް ލެވަލަށް މަދުވާނަމަ، 50 ފުރުޞަތު ހަމަކުރުމުގެ ގޮތުން ކެންޑިޑޭޓުން ހަމަނުވާ ލެވަލްގެ ފުރުޞަތުތައް އަނެއް ލެވަލް އަށް ބަދަލުކުރެވޭނެއެވެ. (މިސާލަކަށް މާސްޓަރސް ޑިގްރީއަށް ކޮލިފައިވާ 20 ކެންޑިޑޭޓުން އެޕްލައި ކުރުމަށްފަހު ބެޗްލަރސް ޑިގްރީއަށް ކޮލިފައިވާ 35 ކެންޑިޑޭޓުން އެޕްލައިކޮށްފައިވާނަމަ 50 ފުރުޞަތަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނީ 20 މާސްޓަރސް ޑިގްރީ އަދި 30 ބެޗްލަރސް ޑިގްރީއަށެވެ.)
|
އިތުރު މަޢުލޫމާތު: |
|
ހުށަހަޅަންޖެހޭ ތަކެތި: |
ސުންގަޑި: 2016 ޑިސެންބަރު 13 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
|
ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341383 / 3341307 ނަންބަރު ފޯނުން ލިބޭނެއެވެ. |