ތަމްރީނު
ނަންބަރު: (IUL)166-Schol/166/2016/ 125
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 13 ޑިސެންބަރު 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލިމްކޮކްވިންގ ޔުނިވަރސިޓީ ސްކޮލަރޝިޕް 2016/2017

ވަޒީފާގެ ފުރުޞަތު

- މެލޭޝިޔާ

ޤައުމު

- އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ކޯހުގެ ދާއިރާ

- 03 ބެޗެލަރސް ޑިގްރީ (ކޯސްފީ މުޅިން ހިލޭ)

- 50 ފުރުޞަތު (ބެޗްލަރސް ޑިގްރީއާއި، މާސްޓަރސް ޑިގްރީއަށް)

- ބެޗެލަރސް ޑިގްރީ ( ކޯހުގެ ފުރަތަމަ އަހަރު %50 ކޯސްފީ ހިލޭ، އަދި (CGPA 3) އަށްވުރެ ދަށްނުވާނަމަ ކޯހުގެ 2 ވަނަ އަދި 3 ވަނަ އަހަރު %30 ކޯސް ފީ ހިލޭ)

- މާސްޓަރސް ޑިގްރީ (%50 ކޯސްފީ ހިލޭ)

ކޯހުގެ ލެވެލްއާއި އަދަދު.

ބެޗެލަރސް ޑިގްރީ:

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެސް.އެސް.ސީ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.)

2. ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި 3 މާއްދާއިން ފާސްވާ ދަރިވަރުންނަށް ފުރުޞަތު ދިނުމަށްފަހު، އިތުރު ފުރުޞަތު އޮތްނަމަ، 02 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް ފުރުޞަތު ދެވޭނެއެވެ.

3. ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ" ގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

މާސްޓަރސް ޑިގްރީ:

1. ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. (އެޕްލައިކުރަން ބޭނުންވާ ދާއިރާއަކާގުޅޭ ދާއިރާއަކުން)

މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުތުތައްވެސް ފުރިހަމަ ވާންވާނެއެވެ.

2.  އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް، 13 ޑިސެންބަރު 2016 މި ތާރީޚުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން.

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ ޚިދުމަތްކުރުމުގެ މުއްދަތެއް ނުގުނޭނެއެވެ.

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް  އަނބުރާ މުޅިން ދައްކާ ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި މި އިޢުލާނުގައިވާ އެއްވެސް ޝަރުޠަކާ ހެދި 'ޑިސްކޮލިފައި'ވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެއެވެ. މި އުސޫލު މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv  ގައި އަޕްލޯޑްކުރެވިފައިވާނެއެވެ.

ކޯހުގެ ޝަރުޠުތައް:

  • މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް ކިޔެވުމަށް ހަމަޖެހިފައިވަނީ، މެލޭޝިޔާގެ "ލިމްކޮމްވިންގ ޔުނިވަރސިޓީ"ގައެވެ.
  • މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެއެވެ.
  • މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ކޯސްފެށުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ފެބުރުއަރީ އިންޓޭކް ގައެވެ.
  • މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، މެލޭޝިޔާގެ "ލިމްކޮކްވިންގް ޔުނިވަރސިޓީ" އިންނެވެ.
  • ބެޗެލަރސް ޑިގްރީއަށް އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން މެރިޓުގެ ގޮތުން އެންމެ މަތިން ޕޮއިންޓް ލިބޭ 03 ދަރިވަރަކަށް ކޯސް ފީ ހިލޭ ހަމަޖެހޭނެއެވެ. އަދި ބެޗްލަރސް ޑިގްރީ ގެ ބާކީ ފުރުޞަތުތަކުން އެއްއަހަރުދުވަހުގެ ކޯސް ފީ އިން 50%  ހިލޭ، އަދި ބާކީ އަހަރުތަކުން CGPA 3 ކަށްވުރެ ދަށްނުވާނަމަ ކޯސްފީގެ30%  ހިލޭ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މާސްޓަރސް ޑިގްރީ ކޯސްތަކަށް ކޯސް ފީގެ %50 ހިލޭ ހަމަޖެހިފައިވެއެވެ. އަދި އެހެނިހެން ހުރިހާ ޚަރަދެއް ހަމަޖައްސަން ވާނީ ދަރިވަރު އަމިއްލައަށެވެ. ނަމަވެސް، މި ސްކޮލަރޝިޕް ގެ ދަށުން ހަމަނުޖެހޭ ޚަރަދުތައް ލޯނެއްގެ ގޮތުގައި ހޯދުމުގެ ފުރުޞަތު މި ޑިޕާޓްމަންޓުން ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
  • މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަށް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މި ކޯހަށް އެދި ހުށަހަޅާ ފަރާތަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ހޮވޭ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެގެން ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުންފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މިބޮންޑުގެ ދަށުން ސަރުކާރަށް ޚިދުމަތްކުރަން ވާނެއެވެ.
  • ބެޗެލަރސް ޑިގްރީއަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިޙާނުގެ އިސްލާމާއި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.
  • މާސްޓަރސް ޑިގްރީއަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބެޗެލަރސް ޑިގްރީ ނިންމުމަށްފަހު ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތަށް ބެލެވޭނެއެވެ.  (ޕޮއިންޓްގެގޮތުން އެއްވަރުވާ ކެންޑިޑޭޓުންނަށް މިލިޔުން ހުށަހެޅުމަށް އެންގޭނެއެވެ.)
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައި ވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލުކުރެވޭނެވެ.
  • އެ ކެންޑިޑޭޓަކު ތަޢުލީމު ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ، މި ޑިޕާޓްމަންޓުން އާންމުކޮށް ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެ ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓުން ބަލަމުންދާ އުސޫލުގެ މަތިންނެވެ. މި ޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތް މި ޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.   
  • މި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެނޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެ ކަމުގައި ދަންނަވަމެވެ.
  • މި އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހަމައަށް ހުށަނާޅާނަމަ، އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.
  • މި ކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ނޮމިނޭޝަން ލިސްޓް، މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.
  • މި އިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ސެޓުފިކެޓުތައް އެޓެސްޓް ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އިޢުލާންގެ ސުންގަޑި ހަމަވުމުގެ 1 ދުވަސް ކުރިން އެޓެސްޓް ކޮށްދެވޭނެއެވެ.
  • މި ސްކޮލަރޝިޕް ސްކީމުގެ ދަށުން ފުރުޞަތު ލިބިފައިވާ ކޯސްތަކާއި، ކޯސް ފީއާއި، ކޯހުގެ މުއްދަތުގެ އިތުރުން ކޯސްތަކާ ގުޅޭ އެހެނިހެން މަޢުލޫމާތު ހިމެނޭ ޔުނިވަރސިޓީގެ ލިޔުންތައް މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.
  • 50 ފުރުޞަތަށް ކެންޑިޑޭޓުން ބަހާލެވޭނެގޮތް:

- 50 ފުރުޞަތަށްވުރެ އިތުރަށް ކޮލިފައިވާ ކެންޑިޑޭޓުން ކޯހަށް އެދި ހުށަހަޅާފައިވާނަމަ 25 ބެޗްލަރސް ޑިގްރީއަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމަށްފަހު ބާކީ 25 ފުރުޞަތަށް މާސްޓަރސް ޑިގްރީ ލެވެލްގެ ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނެއެވެ.

- ނަމަވެސް ކޮލިފައިވާ ކެންޑިޑޭޓުންގެ އަދަދު އެއް ލެވެލްއަށް އިތުރުވެ އަދި އަނެއް ލެވަލަށް މަދުވާނަމަ، 50 ފުރުޞަތު ހަމަކުރުމުގެ ގޮތުން ކެންޑިޑޭޓުން ހަމަނުވާ ލެވަލްގެ ފުރުޞަތުތައް އަނެއް ލެވަލް އަށް ބަދަލުކުރެވޭނެއެވެ. (މިސާލަކަށް މާސްޓަރސް ޑިގްރީއަށް ކޮލިފައިވާ 20 ކެންޑިޑޭޓުން އެޕްލައި ކުރުމަށްފަހު ބެޗްލަރސް ޑިގްރީއަށް ކޮލިފައިވާ 35 ކެންޑިޑޭޓުން އެޕްލައިކޮށްފައިވާނަމަ 50 ފުރުޞަތަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނީ 20 މާސްޓަރސް ޑިގްރީ އަދި 30 ބެޗްލަރސް ޑިގްރީއަށެވެ.)

  • މި ސްކޮލަރޝިޕަށް ނޮމިނޭޓުވާ ކެންޑިޑޭޓުން މި ޑިޕާޓްމަންޓުން އެންގުމުން، ލިމްކޮކްވިންގ ޔުނިވަރސިޓީގެ އެޕްލިކޭޝަން ފޯމާއި، މެޑިކަލް ފޯމާއި ދަރިވަރުގެ މުޅި ޕާސްޕޯޓްގެ 2 ސެޓް ކޮޕީއާއި ނޫކުލައިގެ ބެކްގްރައުންޑްގައި ނަގާފައިވާ 6 ގަނޑު ފޮޓޯ (3.5cmX5cm) މި ޑިޕާޓްމަންޓުން އަންގާ ތާރީޚަކަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ މި ޑިޕާޓްމަންޓްގެ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެ މީހަކު ވަޒީފާ އަދާކުރާ ސަރުކާރު އޮފީހަކުން، ލޯ ފާރމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ ދެފުށް ކޮޕީ ނުނަގައި އެޓެސްކޮށްފައިވާ ސެޓުފިކެޓުތަކާއި، އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.) 
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެ އޮތޯރިޓީން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެ ސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާރމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަމާއި، މަޤާމާއި، ތާރީޚު އޮންނަންވާނެއެވެ. އެހެން މީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުން ކުރާ އެޓެސްޓޭޝަންތައްވެސް ހުންނަންވާނީ މިފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ސަރުކާރުގެ ނުވަތަ އަމިއްލަފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، ބޮންޑުކުރި ފަރާތުން އެ މީހަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، މި އިއުލާންގެ ކޯހުގެ ޝަރުޠު ހިމެނޭބައިގެ ހުރިހާ ފަރާތްތަކުންވެސް، ހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހިމެނިފައިވާ ޝަރުޠު ނަންބަރު 1 ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން،  ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ރަސްމީ ލިޔުން / ލިޔުންތައް.
  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މިޑިޕާރޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 2016 ޑިސެންބަރު 13 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބޭނެއެވެ.  އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (http://www.dhe.gov.mv)  ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341383 / 3341307 ނަންބަރު ފޯނުން ލިބޭނެއެވެ.

 

 

27 ނޮވެންބަރު 2016