ދިވެހިރާއްޖެ
އިޢުލާން
އއ. ހިމަންދޫ ކައުންސިލް އިދާރާގެ ބޭނުމަށް 2 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ކައުންސިލުގެ ބޭނުމަށް 2 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އއ. ހިމަންދޫ ކައުންސިލުގެ ބޭނުމަށް 2 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
- މަސައްކަތުގެ އަގަށްދޭ މާކްސް - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. - މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
70% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
- ވޮރަންޓީދެވޭނެ މުއްދަތު (އަހަރު) - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭ ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް - މި ގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭ ފަރާތަކަށެވެ. |
20% |
ވޮރަންޓީ |
(Profile marks / Benchmark Profile marks) x Allocated Percentage |
- ފުރޮޅުލީ ވެހިކަލް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވާ ފަރާތް - މާކްސް ދެވޭނީ އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން 4 ފުރޮޅުލީ ވެހިކަލް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައއިވާ ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެން ލިބިފައިވާ ތަޖުރިބާގެ މެދުގައި ލިބޭ % އެއް |
10% |
ތަޖުރިބާ |
23 ޞަފަރު 1438