ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)346/346/2016/35
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 12 ޑިސެންބަރު 2016 10:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

އއ. ހިމަންދޫ ކައުންސިލް އިދާރާގެ ބޭނުމަށް 2 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ކައުންސިލުގެ ބޭނުމަށް 2 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އއ. ހިމަންދޫ ކައުންސިލުގެ ބޭނުމަށް 2 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

- މަސައްކަތުގެ އަގަށްދޭ މާކްސް

- މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

70%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

- ވޮރަންޓީދެވޭނެ މުއްދަތު (އަހަރު)

- މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭ ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

- މި ގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭ ފަރާތަކަށެވެ.

20%

ވޮރަންޓީ

(Profile marks / Benchmark Profile marks) x Allocated Percentage

- ފުރޮޅުލީ ވެހިކަލް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވާ ފަރާތް

- މާކްސް ދެވޭނީ އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން 4 ފުރޮޅުލީ ވެހިކަލް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައއިވާ ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެން ލިބިފައިވާ ތަޖުރިބާގެ މެދުގައި ލިބޭ % އެއް

10%

ތަޖުރިބާ

23 ޞަފަރު 1438

23 ނޮވެންބަރު 2016