އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާގުޅޭ

މި ސްކޫލަށް 1 އަހަރުދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މި އިޢުލާނުގެ ދަށުން  ކުއްޔަށް ދޫކުރާ ގެއަކީ، ތިރީގައި މި ދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 2 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ސިޓިންރޫމަކާއި، ކައްކައި ކައިބޮއި ހަދާނެ ތަނެއް ހުރުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށި ޖަހައި، ސީލިންގކޮށްފައިހުރުން.
  • ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކު ހަރުކޮށް، ބަދިގޭގައި ބޭނުންކުރާ ހިފައި ގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި، މޭޒު ހުރުން.
  • ޞިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
  • މީގެ އިތުރަށް ގޭގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާ ތަކެތި ހަމައަށް ހުރުން. (މި ލިސްޓު މަޢުލޫމާތު ސާފުކުރަން ދުރުވުމުން ލިބިލައްވާނެއެވެ.)

ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެންބަރު 4 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 12 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ