ކުއްޔަށް ހިފުން
ނަންބަރު: (IUL)GS45/2016/032
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި:
04 ޑިސެންބަރު 2016 10:00
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް
އިޢުލާން
ގެއެއް ކުއްޔަށް ހިފުމާގުޅޭ
މި ސްކޫލަށް 1 އަހަރުދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރާ ގެއަކީ، ތިރީގައި މި ދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.
- 2 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ސިޓިންރޫމަކާއި، ކައްކައި ކައިބޮއި ހަދާނެ ތަނެއް ހުރުން.
- ގޭގައި އެކުލެވިގެންވާ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށި ޖަހައި، ސީލިންގކޮށްފައިހުރުން.
- ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކު ހަރުކޮށް، ބަދިގޭގައި ބޭނުންކުރާ ހިފައި ގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި، މޭޒު ހުރުން.
- ޞިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
- މީގެ އިތުރަށް ގޭގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާ ތަކެތި ހަމައަށް ހުރުން. (މި ލިސްޓު މަޢުލޫމާތު ސާފުކުރަން ދުރުވުމުން ލިބިލައްވާނެއެވެ.)
ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެންބަރު 4 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 12 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.
22 ޞަފަރު 1438
22 ނޮވެންބަރު 2016