ދިވެހިރާއްޖެ
އިޢުލާން
މަސައްކަތްކުރާނެ ފަރާތެއް ހޯދުން
ތިރީގައި މިދަންނަވާ މި މަރުކަޒުގެ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ (ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ) ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއިން ކޮންމެ މަސައްކަތަކަށްވެސް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ވަކިވަކިންނެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓީންގރޫމް |
28 ނޮވެންބަރު 2016 |
ބުރާސްފަތި |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓީންގރޫމް |
5 ޑިސެންބަރު 2016 |
އަންގާރަ |
13:00 |
މި މަރުކަޒުގައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް
- ދަރިވަރުންގެ 3 ފާޚާނާ މަރާމާތުކުރުން
- 4 ކްލާސް އިމާރާތުގެ އަސްކަނި މަރާމާތުކުރުން، ނަލަފިލާ ބަދަލުކުރުން، ކުކުޅުވެހި މަރާމާތުކުރުން، އަދި އަންޑަރކޯޑު ލުމަށްފަހު ދަވާދު / ކުލަލުން
- 2 ބުރި އިމާރާތުގެ އަސްކެނި މަރާމާތުކުރުން
އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް
# |
ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގު |
65 |
2 |
މަސައްކަތުގެ މުއްދަތު |
25 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
5 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
5 |
|
ޖުމްލަ: (ސަތޭކަ) |
100 |
ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން، އެ ފަރާތެއްގެ ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ، އެ ކުންފުންޏެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް އެބޭފުޅަކާއެކު ފޮނުއްވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.