މަސައްކަތް
ނަންބަރު: GS05-C /SC/2016/05
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 28 ނޮވެންބަރު 2016 13:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަސައްކަތްކުރާނެ ފަރާތެއް ހޯދުން

ތިރީގައި މިދަންނަވާ މި މަރުކަޒުގެ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ (ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ) ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއިން ކޮންމެ މަސައްކަތަކަށްވެސް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ވަކިވަކިންނެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓީންގރޫމް

28 ނޮވެންބަރު 2016

ބުރާސްފަތި

13:00

އަންދާސީހިސާބު ހުށަހެޅުން

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓީންގރޫމް

5 ޑިސެންބަރު 2016

އަންގާރަ

13:00

މި މަރުކަޒުގައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް

  1. ދަރިވަރުންގެ 3 ފާޚާނާ މަރާމާތުކުރުން
  2. 4 ކްލާސް އިމާރާތުގެ އަސްކަނި މަރާމާތުކުރުން، ނަލަފިލާ ބަދަލުކުރުން، ކުކުޅުވެހި މަރާމާތުކުރުން، އަދި އަންޑަރކޯޑު ލުމަށްފަހު ދަވާދު / ކުލަލުން
  3. 2 ބުރި އިމާރާތުގެ އަސްކެނި މަރާމާތުކުރުން

އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

#

ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގު

65

2

މަސައްކަތުގެ މުއްދަތު

25

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

5

4

މަސައްކަތުގެ ތަޖުރިބާއަށް

5

 

ޖުމްލަ: (ސަތޭކަ)

100

ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން، އެ ފަރާތެއްގެ ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ، އެ ކުންފުންޏެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް އެބޭފުޅަކާއެކު ފޮނުއްވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

22 ނޮވެންބަރު 2016