ދިވެހިރާއްޖެ
ޢިއުލާން
މި މިނިސްޓްރީގެ IUL) 101-AF/1/2016/198) ނަންބަރުގެއިޢުލާނުގައިވާ ފައިނޭންސް އޮފިސަރގެ މަޤާމު ބާޠިލްކޮށް، އަލުން އިޢުލާންކުރަމެވެ.
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތެނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: ފައިނޭންސް އޮފިސަރ |
ބޭނުންވާ އަދަދު: 1 (އެކެއް) |
ފެންވަރު ނުވަތަ ޝަރުޠު: - އެކައުންޓިންގ/ފައިނޭންސްއިން އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ ޕްރޮފެޝަނަލް ކުއެލިފިކޭޝަނެއް (ސީ.އޭ.ޓީ، ސީ.ޕީ.އޭ ނުވަތަ އެއާ އެއްފެންވަރެއް) ހާސިލުކޮށްފައިވުން. - އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. - ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން. - އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން. - އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން. |
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް
މުސާރަ: މަހަކު -/10،000 ދިވެހި ރުފިޔާ ލިބޭނެއެވެ.
ވަޒީފާގެ މުއްދަތު: 6 (ހައެއް) މަސްދުވަސް
މަތީގައި އިޢުލާނުކުރެވިފައިވާ ވަޒީފާގެ އިތުރު ތަފްސީލާއި، މަސްއޫލިއްޔަތާއި، ތަފްސީލް ޓާރމްސް އޮފް ރެފަރެންސް، މި މިނިސްޓްރީގެ http://www.trade.gov.mv ގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއާއި، ތަކެތި ފޮނުވަންޖެހޭ ތަން:
-ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ، 2016 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
- ތަކެތި ފޮނުވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ.
ވަޒީފާއަށް އެދި ހުށަހަޅންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން
2. ސީ.ވީ
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ
5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 އާއި 14:00 އާ ދެމެދު 3333160 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.
22 ޞަފަރު 1438