ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 101-AF/1/2016/205
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 29 ނޮވެންބަރު 2016 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާެގެ ފުރުސަތު

                                           ޢިއުލާން

މި މިނިސްޓްރީގެ IUL) 101-AF/1/2016/198) ނަންބަރުގެއިޢުލާނުގައިވާ ފައިނޭންސް އޮފިސަރގެ މަޤާމު ބާޠިލްކޮށް، އަލުން އިޢުލާންކުރަމެވެ.

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތެނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

- އެކައުންޓިންގ/ފައިނޭންސްއިން އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ ޕްރޮފެޝަނަލް ކުއެލިފިކޭޝަނެއް (ސީ.އޭ.ޓީ، ސީ.ޕީ.އޭ ނުވަތަ އެއާ އެއްފެންވަރެއް) ހާސިލުކޮށްފައިވުން.

- އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

- ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.

- އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.

- އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް

މުސާރަ: މަހަކު -/10،000 ދިވެހި ރުފިޔާ ލިބޭނެއެވެ.

ވަޒީފާގެ މުއްދަތު: 6 (ހައެއް) މަސްދުވަސް

މަތީގައި އިޢުލާނުކުރެވިފައިވާ ވަޒީފާގެ އިތުރު ތަފްސީލާއި، މަސްއޫލިއްޔަތާއި، ތަފްސީލް ޓާރމްސް އޮފް ރެފަރެންސް، މި މިނިސްޓްރީގެ http://www.trade.gov.mv ގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއާއި، ތަކެތި ފޮނުވަންޖެހޭ ތަން:

-ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ، 2016 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

- ތަކެތި ފޮނުވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ.

ވަޒީފާއަށް އެދި ހުށަހަޅންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން

2. ސީ.ވީ

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ

5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ. 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 އާއި 14:00 އާ ދެމެދު 3333160 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

22 ޞަފަރު 1438 

22 ނޮވެންބަރު 2016