މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ނަންބަރު GS47/2016/111 (1 ނޮވެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

މި ސްކޫލުގެ ތިރީގައިމިވާ މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ.

މަސައްކަތުގެ ތަފުސީލު:

  1. ސްކޫލް އޮފީހުގެ ޕާޓިޝަންތައް މަރާމާތުކުރުން.
  2. ސްކޫލް އޮފީހުގެ ފައިލިންގ ހަރު މަރާމާތުކުރުން. 
  3. މައި ޢިމާރާތުގެ އެލްޓީރޫމުގެ ސީލިންގ ފިލާ ބަދަލުކުރުން.  
  4. މައި ޢިމާރާތުގެ އޮފީހުން މައި ޢިމާރާތުގެ އެލްޓީރޫމަށް ކަރަންޓް ކޭބަލް އަޅައި މަރާމާތުކުރުން.
  5. 50 ޑެސްކާއި 8 ޓީޗަރުންގެ މޭޒު މަރާމާތުކުރުން.
  6. މައި ޢިމާރާތުގެސްޓާފްރޫމުގެ ފާޚާނާ މަރާމާތުކުރުން.
  7. މައި ޢިމާރާތުގެ އެލްޓީރޫމުގައި ފާޚާނާއެއް ހެދުން.
  8. ބޯފެންހަންތައް ބެހެއްޓުމަށް ދަގަނޑުއަށިތަކެއް ހަދައި އަށިތަކުގެ މައްޗަށް ބަދަލުކުރުން.
  9. މައި ޢިމާރާތުގެ އިރުމަތީފާރު ތެދުކޮށް މަރާމާތުކުރުން.
  10. މައި ޢިމާރާތުގެ ގޯތިތެރޭގައި ފެން ހެދޭ ސަރަޙައްދުގައި ގާ އެތުރުން.
  11. އާ ޢިމާރާތުގެ ސްޓާފްރޫމާއި ހަތަރުބުރި ހިމެނޭ ޢިމާރާތުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން.
  12. މައި ޢިމާރާތުގެ ދަރިވަރުންގެ ފާޚާނާތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
  13. އާ ޢިމާރާތުގެ ކްލާސްރޫމްތަކުގެ ބޮޑުދޮރުތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
  14. ބޮޑު ގުދަނުގެ ފުރާޅުން ފޫގޮސްފައިވާ ޓިނުތައް ބަދަލުކުރުން.
  15. ފެންވަޅުގެ މަތި ކޮންކްރީޓް ކުރުން.
  16. ގާޑިޔާލަކާއި ޝެޑެއް ހެދުން.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 29 އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

17 ޞަފަރު 1438

17 ނޮވެންބަރު 2016
ހޯދާ