މަސައްކަތް
ނަންބަރު: GS47/2016/114
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި:
24 ނޮވެންބަރު 2016 11:00
މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
މި ސްކޫލުގެ ނަންބަރު GS47/2016/111 (1 ނޮވެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
މި ސްކޫލުގެ ތިރީގައިމިވާ މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ.
މަސައްކަތުގެ ތަފުސީލު:
- ސްކޫލް އޮފީހުގެ ޕާޓިޝަންތައް މަރާމާތުކުރުން.
- ސްކޫލް އޮފީހުގެ ފައިލިންގ ހަރު މަރާމާތުކުރުން.
- މައި ޢިމާރާތުގެ އެލްޓީރޫމުގެ ސީލިންގ ފިލާ ބަދަލުކުރުން.
- މައި ޢިމާރާތުގެ އޮފީހުން މައި ޢިމާރާތުގެ އެލްޓީރޫމަށް ކަރަންޓް ކޭބަލް އަޅައި މަރާމާތުކުރުން.
- 50 ޑެސްކާއި 8 ޓީޗަރުންގެ މޭޒު މަރާމާތުކުރުން.
- މައި ޢިމާރާތުގެސްޓާފްރޫމުގެ ފާޚާނާ މަރާމާތުކުރުން.
- މައި ޢިމާރާތުގެ އެލްޓީރޫމުގައި ފާޚާނާއެއް ހެދުން.
- ބޯފެންހަންތައް ބެހެއްޓުމަށް ދަގަނޑުއަށިތަކެއް ހަދައި އަށިތަކުގެ މައްޗަށް ބަދަލުކުރުން.
- މައި ޢިމާރާތުގެ އިރުމަތީފާރު ތެދުކޮށް މަރާމާތުކުރުން.
- މައި ޢިމާރާތުގެ ގޯތިތެރޭގައި ފެން ހެދޭ ސަރަޙައްދުގައި ގާ އެތުރުން.
- އާ ޢިމާރާތުގެ ސްޓާފްރޫމާއި ހަތަރުބުރި ހިމެނޭ ޢިމާރާތުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން.
- މައި ޢިމާރާތުގެ ދަރިވަރުންގެ ފާޚާނާތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
- އާ ޢިމާރާތުގެ ކްލާސްރޫމްތަކުގެ ބޮޑުދޮރުތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
- ބޮޑު ގުދަނުގެ ފުރާޅުން ފޫގޮސްފައިވާ ޓިނުތައް ބަދަލުކުރުން.
- ފެންވަޅުގެ މަތި ކޮންކްރީޓް ކުރުން.
- ގާޑިޔާލަކާއި ޝެޑެއް ހެދުން.
ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 29 އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
17 ޞަފަރު 1438
17 ނޮވެންބަރު 2016