ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަދަރުސާއިން ކުރި ނަންބަރު GS-91/IUL/2016/06 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބައެއް އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ބޯފެންތާނގީތައް މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރުން
  • ހޯލު ޢިމާރާތުގެ ޕާޓީޝަންތައް މަރާމާތުކުރުން
  • 3 ކްލާސްރޫމުގައި މުށިޖެހުން

މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން އޮންނާނީ 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:00 ގައި ނޭކުރެންދޫ މަދަރުސާގައެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ ކޮންމެ މަސައްކަތަކަށް ވަކިންނެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

07 ނޮވެންބަރު 2016
ހޯދާ