ދިވެހިރާއްޖެ
އިޢުލާން
މި މަދަރުސާއިން ކުރި ނަންބަރު GS-91/IUL/2016/06 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބައެއް އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ބޯފެންތާނގީތައް މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރުން
- ހޯލު ޢިމާރާތުގެ ޕާޓީޝަންތައް މަރާމާތުކުރުން
- 3 ކްލާސްރޫމުގައި މުށިޖެހުން
މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން އޮންނާނީ 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:00 ގައި ނޭކުރެންދޫ މަދަރުސާގައެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ ކޮންމެ މަސައްކަތަކަށް ވަކިންނެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.